top of page

ތަޢާރަފް

އަލީ އަޝްރަޤު، ތ.ކިނބިދޫ، ސީނުގެ އަކީ ކިނބިދުއަށް އުފަން، ޢުމުރުގެ ބޮޑުބައެއް ކިނބިދޫގައި ހޭދަކޮށްފައިވާ ހިންގުންތެރި ޒުވާނެކެވެ. ސާނަވީ ތަޢުލީމު ޙާޞިލްކުރީ ތ.ކިނބިދޫ ސްކޫލުންނެވެ. މަތީ ސާނަވީ ތަޢުލީމު ޙާޞިލްކުރީ ސީ.އެޗް.އެސް.އީ އިންނެވެ. މެލޭޝިއާގެ ޔުނިވާރސިޓީ އޮފް ކޮލަލްމަޕޫރ އިން ބެޗްލާސް އޮފް އޭވިއޭޝަން މެނޭޖްމަންޓް (ހޯނާސް) ވަނީ ޙާޞިލްކޮށްފައެވެ.

 

މަސައްކަތުގެ ތަޖުރިބާ

1. އޮފިސަރ އޭވިއޭޝަން ކޮމާންޑް

2. ސީނިއަރ އޮފިސަރ، ރީޖަނަލް އެއަރޕޯޓްސް

3. އެގްޒެކެޓިވް، ކޮންޕްލައިންސް މޮނިޓަރިން، އެމް.އޭ.ސީ.އެލް

 

އިޖުތިމާޢީ މަސައްކަތް

އަލީ އަޝްރަޤަކީ އިޖުތިމާޢީ ގޮތުން ރަށުފެންވަރުގައި ހިނގާ އެކިއެކި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ، އަދި އިޖުތިމާޢީ ކަންކަން ރާވައި ހިންގައިފައިވާ ޒުވާން ލީޑަރެކެވެ. ޢުމުރުގެ ބޮޑުބައެއް ރަށުގައި ހޭދަކޮށްފައިވާއިރު، އަޝްރަޤު ފާހަގަކޮށްލެވެނީ އިޖުތިމާޢީ ޙަރަކާތްތަކުގައި ސާބިތުމަކާއެކީ ކަންކަން ޙާޞިލު ކުރުމުގެ ޢަޒުމުގައި މަސައްކަތްކުރާ، ދާއިރާގެ އެކިއެކި ރަށްރަށަށް ދަތުރުކޮށް، ރަށްތަކުގެ ޚާލަތު ދަންނަ ޒުވާނެއްގެގޮތުގައެވެ.

 

ސިޔާސީ މަސައްކަތް

އަޝްރަޤަކީ ސްކޫލު ދައުރުން ފެށިގެން ސިޔާސީ ކަންކަމަށް ޝައުޤުވެރިވާ، ސިޔާސީ ކަންކަން އޮޅުންފިލުވާ ދިރާސާކުރާ މީހެކެވެ. ޢުމުރުން 18 އަހަރުން ފެށިގެން ސިޔާސީ ގޮތުން މަސައްކަތް ފެށައި، އެ ގޮތުން އެންމެ ފުރަތަމަ ޑީ.އާރު.ޕީ އަދި އެއައްފަހު ޕީޕީއެމް އުފެދިގެން އައިސް މިއަދާހަމައަށް ވެސް ހުރީ ޤައުމީ، ތަރައްޤީގެ ފިކުރުގައެވެ. މިގޮތުން އެތައް މަސައްކަތްތަކެއް ކުރެވިފައި ވާ އިރު، މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރެވިފައި ވުމާއިއެކުވެސް، ސާބިތުކަންމަތީ މަޖިލިސް އިންތިޚާބުތަކަށް ޕާޓީގެ ކެންޑިޑޭޓުން ހޮވަން ވާނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ސިޔާސީގޮތުން ކުރައްވާފައިވާ މަސައްކަތްތަކާއި، ދާއިރާއަށް އައިސްފައިވާ ތަރައްޤީއާއި ކުރިއެރުން އަޅާ ކިރާލާއިރު، ބޮޑުތަނުން ނުބައްދަލުވާތީ، އަޝްރަޤު މިފަހަރު ޕާޓީގެ ކެނޑިޑޭޓެއްގެގޮތުގައި މަޖިލިސް މެންބަރުކަމަށް ކުރިމަތިލީ މާޒީވެދިޔަތަން ފޫބެއްދުމަށާއި، ތަރައްޤީގެ އިތުރު ހަރުފަތަކަށް ދާއިރާ އުފުލާލަ ދިނުމުގެ ޢަޒުމުގައެވެ.

މިވަގުތު ތ.ކިނބިދޫ ޕީޕީއެމްގެ ސްޓެއަރިން ކޮމިޓީގެ ރައީސްކަން ކުރަމުންދާ އަލީ އަޝްރަޤަކީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ކިނބިދޫ ދާއިރާގެ ކެންޕެއިން ޙަރަކާތްތަށް ދާއިރާގެ ރައީސާއި ގުޅިގެން ރާވައި ހިންގައި ވޯޓުން ނަތީޖާ ދައްކައި ދީފައިވާ ޒުވާން ސިޔާސީ މޭސްތިރިއެކެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ އިންތިޚާބީ ރައީސްގެ އޮފީހުގައި ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އަމަލީގޮތުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސަރުކާރު އެކުލަވާލުމުގެ ޓަރާންސެސަނަލް ކޮމިޓީގައި ޢަމަލީގޮތުން ބައިވެރިވެ، ކޮމިޓީގެ ޗެއަރޕާސަން އަބްދުއް ރަހީމް (އަދުރޭ)ގެ ލަފާފުޅުގެ ދަށުން ކާމިޔާބު މަސައްކަތްތަކެއްވަނީ ކޮށްނިންމާލަދީފައެވެ.

bottom of page