top of page
3.jpg

ފިސާރި ކަނބަލުން

އުފެއްދުންރެތި އަމާން މުޖުތަމައެއް ބިނާ ކުރުމުގައި ކަނބަލުންގެ ދައުރަކީ ވަރަށްވެސް ބޮޑު ދައުރެކެވެ. ޒިންމާދާރު ދަރިންތަކެއް މުޖުތަމައަށް ނެރުމުގެ ބިންގަލަކީ މައިންނެވެ، ކަނބަލުންނެވެ. ދިވެހިރާއްޖޭގައި ކަނބަލުންނަށް އެކި ރޮނގުރޮނގުން ހުރި ފުރުސަތުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކަނބަލުންގެ ވިސްނުމާއި ޚިޔާލާއި ލަފާ އަދި ބައިވެރިވުން އިޤްތިސާދީ އަދި އިޖުތިމާޢީ ކަންކަމުގައި ދަނީ އިތުރުވަމުންނެވެ. ހަމައެގޮތަށް ކިނބިދޫ ދާއިރާއަށް ނިސްބަތްވާ ކަނބަލުން ދަނީ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގައި އިސް މަޤާމްތަކެއް އަދާކުރަމުންނެވެ. 

 

3.1 ކަނބަލުންނަށް ޢިޖުތިމާޢީ ގޮތުންނާއި އުފެއްދުންތެރިކަމާއި ތަފާތު އެކި ރޮނގުރޮނގުން ހުރި ފުރުސަތުތައް ބަލައި އެ ކަންކަމަށް މަގު ފަހިކޮށް ދިނުން. 

 

3.2 މުޖުތަމަޢުގައި ކަނބަލުންގެ ދައުރު ފުޅާކޮށް، ޒިންމާދާރު މަޤާމުތަކަށް ކަނަބަލުން އިސްކުރުމަށް މަސައްކަތް ކުރުން. 

 

3.3 ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ދާއިރާއާއި ހަމައަށް ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލަތުކޮށް، އެ ވަޢުދުތައް ދާއިރާގެ ކަނބަލުންނަށް ކަށަވަރު ކޮއްދިނުން. 

 

3.4 ކަނބަލުންނަށް ފަންނުވެރިކަމުގެ ކުލާސްތަކާއި ޕްރޮގްރާމްތައް ހިންގައި ގޭގައިތިބެގެން “ފަންނުވެރިންގެ މާކެޓް” މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރުން.

bottom of page