top of page

ޒުވާނުން

ދިވެހިރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ބޮޑުބަޔަކީ ޒުވާނުންނެވެ. ރާއްޖޭގެ ކުރިމަގާއި މުސްތަޤްބަލް ބިނާވާނީ މިއަދުގެ ޒުވާނުންގެ އަތްމައްޗަށެވެ. އެގޮތުން ޤައުމުގެ މުސްތަޤްބަލް ބައްޓަންވެގެންދާނީ މިއަދުގެ ޒުވާނުން ބައްޓަންވެގެންދާ ގޮތެއްގެ މައްޗަށެވެ.

 

4.1 އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕަލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ފަސޭހަކަމާއެކު ކުރެވޭނެ ގޮތް ހަޖައްސައިދިނުން. (ރައީސް)

 

4.2 ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއް ދީ އާ ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަޞީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް (ޕްރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ޤާއިމު ކުރެވޭ ހިނދު ކިނބދޫ ދާއިރާގެ ޒުވާނުންނަށް އެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކޮއްދިނުން.

4.3 ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާރސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމު ކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެ ދާއިރާތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ދާއިރާގެ ޒުވާނުންނަށް އެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.

 

4.4 ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ދާއިރާއާއި ހަމައަށް ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލަތުކޮށް، އެ ވަޢުދުތައް ދާއިރާގެ ޒުވާނުންނަށް ކަށަވަރު ކޮށްދިނުން.

ކަސްރަތާއި ކުޅިވަރު

ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ތެރޭގައި ކުޅިވަރާއި ކަސްރަތު ހިމެނިގެންނެވެ. އަދި ހަމައެހެންމެ މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އެކުވެރިކަމާއި، ގާތްކަން އެންމެބޮޑަށް އުފެދޭނީ ކުޅިވަރުގެ މާޙައުލުންނެވެ.

 

4.1 ދާއިރާގެ 5 ރަށަށް ޚާއްސަކޮށްގެން އެމްޕީ ކަޕް (ފުޓްސަލް/ފުޓްބޯޅަ)މުބާރާތެއް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ހިނގުން.

4.2 ދާއިރާގެ 5 ރަށަށް ޚާއްސަކޮށް އެމްޕީ ކަޕް (ވޮލީ) މުބާރާތެއް ދާއިރާގެ އަންހެން، ފިރިހެންބޭފުޅުންނަށް، ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ހިންގުން.

4.2 ދާއިރާގެތެރެއިން ވޮލީ، ފުޓްބޯޅަ، ފުޓްސަލް ރެފްރީން ތަމްރީނުކުރުމަށް ކުލަބް ޖަމިއްޔާތަކާއި ގުޅިގެން ޕްރޮޤްރާމްތައް ހިންގުމަށް ފުރުސަތުތައް ހޯދައިދީ، ފެސިލިޓޭޓް ކޮށްދިނުން.

 

4.3 ދާއިރާގެތެރެއިން ވޮލީ، ފުޓްބޯޅަ، ފުޓްސަލް ކޯޗުން ތަމްރީނުކުރުމަށް ކުލަބް ޖަމިއްޔާ ތަކާއި ގުޅިގެން ޕްރޮޤްރާމްތައް ހިންގުމަށް ފުރުސަތުތައް ހޯދައިދީ، ފެސިލިޓޭޓް ކޮށްދިނުން.

 

4.4 ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެޅޭ އިތުރު ބާރެއްގެ ގޮތުގައި، ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ފަރާތްތަކާއި، ވިޔަފާރިތަކާއި، ފަންނީ މާހިރުންނާއި، އެކަޑަމީތަކާއި، ކްލަބް ޖަމިއްޔާތައް އަދި ޤައުމީ ކުޅިވަރު އެސޯޝިއޭޝަންތައް ހިމެނޭ ގޮތަށް "ފިޓް މޯލްޑިވްސް" ގެ ނަމުގައި ޚާއްޞަ ޕޯޓަލްއެއް ޤާއިމު ކުރާހިނދު، އެ ފުރުޞަތުތައް ދާއިރާގެ ޒުވާނުންނަށް އެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.

 

4.5 ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ދާއިރާއާއި ހަމައަށް ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލަތުކޮށް، އެ ވަޢުދުތައް ދާއިރާގެ ޒުވާނުންނަށް ކަށަވަރު ކޮށްދިނުން.

bottom of page