top of page

އެންމެފުރަތަމަ އިސްލާމްދީން

އިސްލާމްދީނަކީ މުޅި ދުނިޔެއަށް ޢާއްމު ކުރައްވައިގެން މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. ހުރިހާ ޢާލަމްތަކަށް ޢާއްމު ކުރައްވައިގެން، ހުރިހާ އެންމެން ޝާމިލުވާގޮތަށް މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. އަދި ކީރިތި ރަސޫލާއަކީ މުޅި ދުނިޔެއާއި ދުނިޔޭގައި ވާ ހުރިހާ އެންމެންގެ ގާތަށް މާތްﷲ ފޮނުއްވާފައިވާ ރަސޫލެކެވެ. މިކަން ބަޔާންކުރައްވައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللّهِ إِلَيْكُمْ جَمِيعًا  (سورة الأعراف:158).  މާނައަކީ: ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. 

އެގޮތުން އަޅުގަނޑުމެންގެ އަމަލުތަކާއި ވިސްނުން ބިނާވެފައި އޮންނަންވާނީ އިސްލާމްދީނުގެ ރިވެތި އަޤީދާގެ މައްޗަށެވެ.

 

1.1  އިސްލާމްދީނުގެ އަޤީދާއާއި ނޫރު ދިރުވައި އާލާކޮށް، ރިވެތި އަޚްލާޤު އަށަގެންނެވުމަށް ދީނީ އެކިއެކި ޕްރޮގްރާމްތައް ޖަމިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ މަގު ތަނަވަސް ކޮށްދިނުން.

  

1.2  ދީނީ ކަންކަމަށް ހޭލުންތެރިކުރުވުމަށް ދާއިރާގެތެރެއިން މީހުން ބިނާކުރުން.

  

1.3 ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ދާއިރާއާއި ހަމައަށް ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލަތުކޮށް، އެ ވަޢުދުތައް ދާއިރާގެ ރައްޔިތުންނަށް ކަށަވަރު ކޮއްދިނުން.

bottom of page