top of page

އުމްރާނީ ތަރައްޤީއާއި މަޝްރޫޢުތައް

ޤައުމެއް، އަތޮޅެއް، ދާއިރާއެއް، ރަށެއްގެ ތަރައްޤީ ބިނާވެފައި އޮންނަނީ އެތަނެއްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގޭ ނިސަބަތަކުންނެވެ. އެ ގޮތުން ކިނބިދޫ ދާއިރާގައި ވެސް އެކިއެކި މަޝްރޫޢުތައް ވަނީ ފަށާފައެވެ. ބައެއް މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު ބައެއް މަޝްރޫޢުތައް މަޑުދުވެލީގައި ނަމަވެސް ދަނީކުރިއަށެވެ. ނަމަވެސް ހިތާމައަކީ ބަޖެޓުކުރެވި، ދައުރެއް ނިމިގެންދާއިރު ވެސް އަމަލީގޮތުން މަސައްކަތް ކުރިއަށްނުދާ މަޝްރޫއުތައް ނިސަބަތުން ގިނަކަމެވެ. ޚުލާސާކޮށް ބަލާލާއިރު،

 

ކަނޑޫދޫ

މިރަށަކީ ކޮޅުމަޑުލުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށެވެ. ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ޢާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ. މިރަށު މީހުން ހައްދާ މިރުހަކީ ރާއްޖެއަށް މަޝްހޫރު ވަރަށް ކުޅި މިރުހެކެވެ. އެ މިރުސް މަޝްހޫރު ވެފައިވަނީވެސް "ކަނޑޫދޫ މިރުސް" ގެ ގޮތުގައެވެ. އަދި އާމްދަނީ ހޯދުމުގެ ގޮތުން މަސްވެރިކަންވެސް ކޮންމެވެސް ވަރަކަށް މިރަށުގެ ރައްޔިތުން ކޮށް އުޅެއެވެ. މިރަށުގެ 150 އަހަރު ވީ ހުކުރު މިސްކިތަކީ އާޘާރީ ގޮތުން ފާހަގަކުރެވޭ ބިނާއެކެވެ.

- މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް - ކުރިއައްދަނީ

- މިސްކިތް އިމާރާތް ކުރުން - ބަޖެޓްކުރެވިފައި، އަމަލީ މަސައްކަތް ނުފެށޭ

- ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް - ނުނިމޭ

- ޒުވާނުންގެ މަރުކަޒު ގާއިމުކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ

- ފުޓުބޯޅަ ދަނޑު ތަރައްގީކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން – ކުރިއަށް ދަނީ.

މީގެ އިތުރުން ވެސް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ކަނޑޫދޫގައި ދަނީ ހިނގަމުންނެވެ. ބަޖެޓު ކުރެވި ޢަމަލީ މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހިންގުމަށް ސަރުކާރަށް ހުށަހަޅައި، ހިނގަމުންދާ މަޝްރޫޢުތައް ހިނގުމުގެ ދުވެލި އަވަސްކުރުމަށް ސަރުކާރާއި ކޮންޓްރެޓަރާ މަޝްވަރާކޮށް އަވަސް ކޮށްދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަމާޒެކެވެ. މީގެ އިތުރުން ވަކި ހިސާބަކަށް މަސައްކަތް ކުރެވި އެކިއެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް، ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް މަޝްރޫޢުތައް ރެޒިއުމް ކުރުމަށް ސަރުކާރަށް ޕްރެޝަރ ކޮށް، ހުއްޓެން ދިމާވާ ސަބަބުތައް ބަލައި، އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރުން.

 

ވަންދޫ

މިރަށުގެ މީހުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ކަނޑުމަސްވެރިކަމެވެ. މިރަށުގައި ހުރި ފާހަގަކޮށްލެވޭ ތާރީޚީ ތަންތަނުގެ ތެރޭގައި ހުކުރު މިސްކިތާއި ވަންދޫ ދޮރުވަންނަ ކަލޭފާނު ޒިޔާރަތާއި އުސްފަސްގަނޑާ އަދި ކިރާމާގަސް ހިމެނެއެވެ.

 

- މިސްކިތް އިމާރާތްކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ސްކޫލު 3 ބުރި ޢިމާރާތް – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ގޮނޑުދޮށް ހިމާޔަތް ކުރުން – ކުރިޔަށްދަނީ.

- ބަނދަރު އަޕްގްރޭޑް ކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުން – ކުރިއަށްދަނީ.

 

މީގެ އިތުރުންވެސް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ވަންދޫގައި ދަނީ ހިނގަމުންނެވެ. ބަޖެޓު ކުރެވި ޢަމަލީ މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހިންގުމަށް ސަރުކާރަށް ހުށަހަޅައި، ހިނގަމުންދާ މަޝްރޫޢުތައް ހިނގުމުގެ ދުވެލި އަވަސްކުރުމަށް ސަރުކާރާ ކޮންޓްރެޓަރާ މަސްވަރާކޮށް އަވަސް ކޮއްދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަމާޒެކެވެ. މީގެއިތުރުން ވަކިހިސާބަކަށް މަސައްކަތް ކުރެވި އެކިއެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް، ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް މަޝްރޫޢުތައް ރެޒިއުމް ކުރުމަށް ސަރުކާރަށް ޕްރެޝަރކޮށް، ހުއްޓެން ދިމާވާ ސަބަބުތައް ބަލައި، އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.

 

ހިރިލަންދޫ

ރަށުގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ މަސްވެރިކަމަށެވެ. މިފަހަކަށް އައިސް ފައިބަރު މަސައްކަތުގެ ސިނާޢަތް ވެސް  މިރަށުގައި ވަރަށް ބާރަށް ކުރިއަރަމުން އައިސްފައިވެއެވެ. މީގެ އިތުރުން، ތެދުއުއިވަޑާމާއި ކިއްސަރުވަޑާމާއި އިމާރާތްކުރުމުގެ މަސައްކަތަކީ މިރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކެވެ. އޭގެ އިތުރުން، ދިވެހި ބޭސްވެރިކަމަކީވެސް މިރަށުގައި ކުރާ ޚާއްޞަ މަސައްކަތެކެވެ. އެގޮތުން މިރަށަކީ ދިވެހި ރުއްގަލުބޭސް ކުރުމަށް މުޅި ރާއްޖެއަށް ވެސް މަޝްހޫރު ރަށެކެވެ.

 

- ސްކޫލް 3 ބުރި އިމާރާތުގެ 08 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލާ – ކުރިޔަށްދަނީ.

- ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ބިން ހިއްކުން – ކުރިއަށްދަނީ.

- ފުޓްބޯޅަ ދަނޑެއް ގާއިމުކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

 

މީގެ އިތުރުންވެސް ތަރައްޤީގެ އެތައް މަޝްރޫޢެއް ހިރިލަންދޫގައި ވެސް ދަނީ ހިނގަމުންނެވެ. ބަޖެޓު ކުރެވި ޢަމަލީ މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހިންގުމަށް ސަރުކާރަށް ހުށަހަޅައި، ހިނގަމުންދާ މަޝްރޫޢުތައް ހިނގުމުގެ ދުވެލި އަވަސްކުރުމަށް ސަރުކާރާ ކޮންޓްރެޓަރާ މަސްވަރާކޮށް އަވަސް ކޮއްދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަމާޒެކެވެ. މީގެއިތުރުން ވަކިހިސާބަކަށް މަސައްކަތް ކުރެވި އެކިއެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް، ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް މަޝްރޫޢުތައް ރެޒިއުމް ކުރުމަށް ސަރުކާރަށް ޕްރެޝަރކޮށް، ހުއްޓެން ދިމާވާ ސަބަބުތައް ބަލައި، އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.

 

އޮމަދޫ

ރަށުގެ މީހުން އާމްދަނީ ހޯދުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި ހުއިފިލަނޑާ ނެގުމާއި މަސް ކައްކައި ހިއްކުމާއި ރިހާކުރު ކެއްކުމެވެ. އޭގެ އިތުރުން ދަނޑުވެރިކަންވެސް މިރަށު މީހުން ކުރެއެވެ. މިރަށުގައި 250 އަހަރު ކުރިއްސުރެ ފާހަގަކުރެވޭ އާސާރި ބޮޑު ހިލައެއް އޮވެއެވެ.

 

- މޯލްޑިވްސް ކްލީން އެންވަޔަރަން މަންޓް ޕްރޮޖެކްޓް – ކުރިޔަށްދަނީ.

- ސްކޫލު 2 ބުރި އިމާރާތް، ވަށާފާރު އަދި މަލްޓި ޕާޕަސް ހޯލް – ކުރިޔަށްދަނީ.

- ސްކޫލު މަލްޓި ޕާރޕަސް ހޯލެއް ހެދުން - ބަޖެޓްކުރެވިފައި، އަމަލީ މަސައްކަތް ނުފެށޭ.

- ޞިއްޙީ މަރުކަޒުގައި ޕޯރޓިކޯ އާއި ގަރާޖު ހެދުން – ބަޖެޓު ކުރެވިފައި، އަމަލީ މަސައްކަތް ނުފެށޭ.

- ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް – ކުރިޔަށްދަނީ.

- ޒުވާނުންގެ މަރުކަޒެއް ޤާއިމު ކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުން – ކުރިޔަށްދަނީ.

- ހޭންޑްބޯލް ކޯޓު ޤާއިމުކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

 

މީގެ އިތުރުންވެސް ތަރައްޤީގެ އެތައް މަޝްރޫޢެއް އޮމަދޫގައި ދަނީ ހިނގަމުންނެވެ. ބަޖެޓު ކުރެވި ޢަމަލީ މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހިންގުމަށް ސަރުކާރަށް ހުށަހަޅައި، ހިނގަމުންދާ މަޝްރޫޢުތައް ހިނގުމުގެ ދުވެލި އަވަސްކުރުމަށް ސަރުކާރާ ކޮންޓްރެޓަރާ މަސްވަރާކޮށް އަވަސް ކޮއްދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަމާޒެކެވެ. މީގެއިތުރުން ވަކިހިސާބަކަށް މަސައްކަތް ކުރެވި އެކިއެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް، ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް މަޝްރޫޢުތައް ރެޒިއުމް ކުރުމަށް ސަރުކާރަށް ޕްރެޝަރކޮށް، ހުއްޓެން ދިމާވާ ސަބަބުތައް ބަލައި، އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.

 

ކިނބިދޫ

މިރަށުގައި އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ ފަންގިވިނުން ކަމުގައި ވިޔަސް ގެދޮރު ޢިމާރާތް ކުރުމުގެ މަސައްކަތާއި، ކަރީ ނެގުމުގެ މަސައްކަތުގެ އިތުރުން ފަރުމަހުގެ މަސްވެރިކަން މި ފަހަކަށް އައިސް މިރަށުގައި ވަރަށް ގިނަ ބަޔަކު ކުރެއެވެ. މިރަށް މަޝްހޫރު ވެފައި ވަނީ ޘަޤާފީ ކުޅިވަރުގެ ގޮތުން ފާހަކޮށްލެވޭ ރަށެއްގެ ގޮތުގައެވެ. މިގޮތުން އަންހެނުން، ލަނގިރި ޖެހުމަށާއި ފިރިހެނުން، ދަފިނެގުމަށް މިރަށް ފާހަގަ ކުރެވެއެވެ. ދިވެހި ތާރީޚުގައި އާސާރީ ޚާއްޞަ ބިނާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ "ވޭރު" ހުންނަނީ މިރަށުގައެވެ.

 

- ކުނި މެނޭޖްކުރުމަށް ބަޔޯ ޓުރީޑްމަންޓް ސިސްޓަމް ޤާއިމުކުރުން - ބަޖެޓްކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް - ކުރިޔަށްދަނީ - ބަޖެޓްކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ސައިޓުތައް މަރާމާތުކުރުމާއި ސައިޓް މިއުޒިއަމް ގާއިމުކުރުން - ބަޖެޓްކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- 8 ކްލާސް ރޫމް އަދި މަލްޓި ޕަރޕަސް ހޯލް ބިނާކުރުން - ބަޖެޓްކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ސިއްހީ މަރުކަޒު ޢިމާރާތް – ކުރިއަށްދަނީ.

- ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް - ބަޖެޓްކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ފުޓްސަލް ދަނޑު ގާއިމުކުރުން – ހުއްޓިފައި.

- ބަނދަރު އަޕްގްރޭޑް ކުރުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

- ފުޓްބޯޅަ ދަނޑެއް ޤާއިމްކުރުން – ހުއްޓިފައި.

- ބިން ހިއްކުން އަދި ބީޗް ހެދުން – ބަޖެޓު ކުރެވިފައި، ޢަމަލީ މަސައްކަތް ނުފެށޭ.

 

މީގެ އިތުރުންވެސް ތަރައްޤީގެ އެތައް މަޝްރޫޢެއް ކިނބިދޫގައި ދަނީ ހިނގަމުންނެވެ. ބަޖެޓު ކުރެވި ޢަމަލީ މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހިންގުމަށް ސަރުކާރަށް ހުށަހަޅައި، ހިނގަމުންދާ މަޝްރޫޢުތައް ހިނގުމުގެ ދުވެލި އަވަސްކުރުމަށް ސަރުކާރާ ކޮންޓްރެޓަރާ މަސްވަރާކޮށް އަވަސް ކޮއްދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަމާޒެކެވެ. މީގެއިތުރުން ވަކިހިސާބަކަށް މަސައްކަތް ކުރެވި އެކިއެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް، ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް މަޝްރޫޢުތައް ރެޒިއުމް ކުރުމަށް ސަރުކާރަށް ޕްރެޝަރކޮށް، ހުއްޓެން ދިމާވާ ސަބަބުތައް ބަލައި، އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.

 

 

 

 

 

މީހުން ދިރިއުޅޭ އާބާދު ވަމުން އަންނަ ކޮންމެ ތަނެއްގައި އެ ތަނެއްގައި އުޅޭ ބައެއް އެތަނަކަށް ކުރާނެ އުންމީދުތަކެއް އޮންނާނެއެވެ. އަދި ކުރެވޭ ތަޞައްވުރުތަކެއް ވެސް އޮންނާނެއެވެ. މިގޮތުން މި ކުރެވޭ އުންމީދުތަކާއި ތަސައްވުރު ޙަޤީގަތަކަށް ހެދުމަށް ރާވާ ރޭވުންތަކެއް ވެސް އޮވެއެވެ. ކިނބިދޫ ދާއިރާއަކީ އިޤްތިސާދީގޮތުން މުއްސަނދި އަދި އުފެއްދުންތެރި ދާއިރާއެކެވެ. ހަމަމިއާއެކީ މިދާއިރާގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުންއަންނަ ހުވަފެންތަކެއް ވެސް އެބަހުއްޓެވެ. ކުރާ އުންމީދުތަކެއް ވެސް އެބަ އޮތެވެ. ހިތާމައަކީ މި ކުރެވޭ އުންމީދުތަކާއި ދެކެވޭ ހުވަފެންތަކުގައި ކުލަޖެއްސޭން މަގެއް މިއަދާއި ހަމައައްވެސް ފަހިވެފައި ނެތުމެވެ.

މިގޮތުން މިކަންކަން ރައްޔިތުންނާއި ހަމައައް ގެނެސްދީ ތަރައްްޤީގެ ފޮނިމީރުކަން ދާއިރާގެ ހުރިހާރަށަކަށް ފޯރުކޮށްދިނުމުގެ ފެށުމެއްގެގޮތުން ކިނބިދޫ ދާއިރާގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. މީގެއިތުރުން ދުރުރާސްތާ ތަރައްޤީގެ ތަސައްވުރެއް އެކުލަވާލުމަކީ ތަރައްޤީގެ ރާސްތާގެ މަގުޗާޓެއްގެ ގޮތުގައި ވެގެންދާނެއެވެ. މިގޮތުން:

 

ދާއިރާގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުން

ދާއިރާގެ ތަރައްޤީ ޕްލޭން އެކުލަވާލުމުގެ ކުރީން ދާއިރާގެގެ ތަޞައްވުރު ކަނޑައެޅުމާއި ތަރައްޤީ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ދާއިރާތަކުން

މަޢުލޫމާތު ހޯދުމަށް ދާއިރާގެ ހުރިހާ ރަށެއްގެ ކަމުވޮށިގެންވާ ހުރިހާ ފަރާތްތަކަކާއި ދާއިރާ ތަމްސީލް ކުރައްވާ މަޖިލިސް މެމްބަރުން

ހިމެނޭ ގޮތަށް މަހާސިންތާއެއް ބޭއްވި މި މަހާސިންތާގައި ލޯކަލް ގަވަންމަންޓް އޮތޯރިޓީއިން ވެސް ބައިވެރިކުރެވޭނެއެވެ. މީގެ އިތުރުން ތަރައްޤީ ޕްލޭން އެކުލަވާލުމައް ބޭނުންވާ ދާއިރާތަކުން މަޢުލޫމާތު ހޯދުމަށް ޢާންމު ރައްޔިތުންގެ ޚިޔާޅާއި މަޝްވަރާވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހޯދިގެންދާނެއެވެ. ހަމައެއާއެކު އަތޮޅު ކައުންސިލްގެ ސީނިއަރ މެނޭޖްމަންޓް ކޮމެޓީގެ ޚިޔާލާއި މުވައްޒަފުންގެ ބައިވެރިވުން ހިމެނިގެންދާނެއެވެ.

 

ދުރުރާސްތާ ތަސައްވުރު

ދާއިރާގެ ތަރައްޤީގެ 5 އަހަރުގެ ޕްލޭނެއް އެކުލަވާލެވިގެންދާ ފަދައިން، ދުރުރާސްތާ ތަސައްވުރެއްވެސް ހެދިގެން، ތަސައްވުރުގެ މަގުޗާޓެއް އެކުލަވާލުން.

 

އަސްރަޤްގެ ތަސައްވުރު

- ދާއިރާގައި އެއަރޕޯޓެއް ގާއިމްވެގެންދިއުން.

- ރާއްޖެ ހުރަސްކުރާ ކަނޑުބޯޓްފަހަރުގެ ސިލްކްރޫޓުން ނަފާހޯދޭނެހެން ދާއިރާތެރޭގައި ސީމަންސް ސިލްކްރޫޓް ބަނދަރެއް ޤާއިމްވެގެންދިޔުން.

- ޔޮޓްހާބަރއެއް ދާއިރާތެރޭގައި ގާއިމްވެގެންދިޔުން

- ލޯކަލް ޓޫރިޒަމާއި ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތައް އިތުރުވެ، ދާއިރާއަކީ މުއްސަނދި، އަމާން، ތިޔާގި ދާއިރާއަކައްވެގެންދިޔުން.

 

އަމިއްލަ ވައުދު

- “ދާއިރާގެ ކޮންމެ ރަށެއްގައި މެންބަރުގެ އޮފީހެއް ތައާރަފްކުރުން: ރައްޔިތުންނަށް ސަރުކާރުގެ ވުޒާރާތަކުން ކުރަންޖެހޭ ކަންކަމަށް މި އޮފީސް މެދުވެރިކޮށް އެކަންކަން ހަމަޖައްސައިދިނުން. އެގޮތުން، އާސަންދަ، އެންސްޕާ، ޒަކާތުފަންޑު، އަދި މީގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާތާތަކުން ހަމަޖައްސަން ބޭނުންވާކަންކަން ފަސޭހަކަމާއިއެކު ކުރެވިގެންދާނެ”

ދުރުރާސްތާ ތަރައްޤީގެ ޕްލޭން

bottom of page